Last Updated: May 7, 00:41
Thursday, May 6, 2021
ޚަބަރު

ތިނަދޫއިން އިތުރު ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެއްޖެ

ގދ.ތިނަދޫ އިން ނެގި އިތުރު ރެންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫން ޕޮޒިޓިވްވި ރެންޑަމް ސާމްޕަލް އަކީ މި މަހުގެ އެއްވަނަ ދުވަހު ނެގި އެ ރަށުން ނެގި ސާމްޕަލެކެވެ. މިއީ އެ ރަށުން ޕޮޒިޓިވްވި ހަތަރުވަނަ ރެންޑަމް ސާމްޕަލް އެވެ.

ރެންޑަމް ސާމްޕަލްތަކުގެ އިތުރުން މާލެއިން ތިނަދޫއަށް ދަތުރުކޮށްފައިވާ ޖަޒީ ބޯޓުގެ ފަޅުވެރިންތަކަކާއި އެ ފަރާތްތަކުގެ ޑައިރެކްޓް ކޮންޓެކްޓުންތަކެއް ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެގޮތުން އެ ރަށުގައި މިވަގުތު ކޮވިޑްގެ 30 އެކްޓިވް ކޭސް އެބަ އުޅެއެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ތިނަދޫ އިން ކޮވިޑް ކޭސްތައް ފެނި އެ ރަށް ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.