Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

އިދިކޮޅުން މަގުމަތީ ހަރަކާތް މަޑުޖައްސައިލީ ފަހު ދިހައަކަށް

އާދަމް ޝަރީފް އިދިކޮޅުން ބެއްވި ޖަލްސާގައި ވާހަކަ ދައްކަނީ - ފޮޓޯ: ވަން

އިދިކޮޅުން މަގުމަތީގެ ހަރަކާތް މަޑުޖައްސައިލީ ރޯދަ މަހުގެ ފަހު ދިހައަކަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އިދިކޮޅުން މި ރޯދަ މަހު ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމަށް ގޮވާލައި ކޮންމެ ރެޔަކު ދިޔައީ އެއްވުންތައް ބާއްވަމުންނެވެ. ނަމަވެސް މިދިޔަ މަހުގެ 29 ވަނަ ދުވަހު ޔާމީން ގޭ ބަންދަ ބަދަލުކުރުމާއެކު އިދިކޮޅުގެ އަޑު ވަނީ މަޑުވެފައެވެ.

އެކަމަށް އިޝާރާތް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅުން މަގުމަތީ ހަރަކާތްތައް ރޯދަ މަހުގެ ފަހު ދިހައަކަށް މަޑުޖައްސާލި ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ސޯޝަލް މީޑިއާގައި މިހާރު ވެސް ކުރަމުންދާ ކަމަށެވެ.

"މާވަށު ވޯޓަށް ނުފޫޒު ފޯރުވާތީ، ހޮނިހިރު ދުވަހުގެރޭ އިދިކޮޅުގެ ލީޑަޝިޕް އޮތީ އިލެކްޝަންސް ކޮމިޝަނުގެ ތެރޭގައި" އިދިކޮޅުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅުގެ އެއްވުންތަކަށް މަޑުޖެހުމެއް އައިސްފައިވާއިރު، މި ދުވަސްވަރަކީ މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރަކެވެ. އެގޮތުން އިއްޔެ ރާއްޖެއިން 601 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު އޭގެތެރެއިން 440 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.