Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ހިޔާނާތުގެ ލިސްޓުގައި އަޅުގަނޑުގެ ނަން އޮންނަންޖެހޭ ސަބަބެއް ނޭނގޭ

އަލީ އާޒިމް - ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން އޮންނަންޖެހޭ ސަބަބެއް ނޭނގޭ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވެފައިމިވަނީ ހިޔާނާތުގެ މައްސަލަ ބަލަމުންދާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބަލަމުންދާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ. އާޒިމްގެ ބަދަލުގައި އެ ކޮމިޓީއަށް މިހާރު ވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހަމަޖައްސަވާފައެވެ.

އެކަމާ ގުޅިގެން އޮންލައިން ނޫސް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވެފައިވަނީ އެ ލިސްޓުގައި އޭނާގެ ނަން އޮތް ކަމަށް ވާހަކަ ދެކެވޭ ކަމަށާއި ނަަމަވެސް އެ ލިސްޓުގައި ނަން އޮންނަން ޖެހޭ ސަބަބެެއް ނެތް ކަމަށެވެ.

އެގޮތުން އެއްވެސް އިދާރާއަކުން އެ މައްސަލައިގައި އޭނާއާ ސުވާލެއް ވެސް ކޮށްލާފައި ނުވާ ކަމަށާއި އޭނާގެ ނަން ލިސްޓުގައި އޮތް ކަމަށް ވާހަކަ ދެކެވޭތީ އެކަންވީ "ޝޮކަކަށް" ކަމަށްވެސް އާޒިމް ވިދާޅުވެފައިވެއެވެ. އަދި އެފަދަ ވާހަކަތަކެއް ދެކެވޭނަމަ ރަނގަޅު ގޮތަކީ ކޮމިޓީގެ މަސައްކަތުން އެއްފަރަތްވެލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް ކޮމިޓީން އިސްތިއުފާ ދެއްވާފައިވާއިރު ހިޔާނާތުގެ ލިސްޓު ދިރާސާކުރަމުންދާއިރު، މަސްލަހަތު ފުށުއަރާ އެއްވެސް މެމްބަރެއް ފާހަގަކުރެވިއްޖެ ނަމަ އެ މެމްބަރަކަށް ކޮމިޓީގެ އެ މަސައްކަތުގައި އިތުރަށް ބައިވެރިނުވެވޭގޮތް ހެދުމަށް ދާދިފަހުން ވަނީ ފާސްކޮށްފައެވެ.

ހިޔާނާތުގެ ލިސްޓު މަޖިލީހަށް ލިބުމާއެކު މަޖިލީހުގެ ބައެއް މެމްބަރުންނާއި އާންމުން އަންނަނީ އެ ލިސްޓު ހާމަކުރަން ގޮވާލަމުންނެވެ. އެ ލިސްޓު ކޮމިޓީން ދިރާސާ ކުރަމުން އަންނަނީ ސިއްރުކޮށްގެންނެވެ.