Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު

ކެފޭތައް ބަންދު، ގައިޑްލައިންއާ ޚިލާފުވާ ވިޔަފާރިތައް ބަންދުކުރަނީ

މާލޭގައި ހިންގާ ކެފޭ އެއް: ފޮޓޯ / މިހާރު

މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

މާލެ ސަހަރައްދުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް މިއަދު ވަނީ ހަރުކަށި ކޮށްފައެވެ. މި ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެން ހަފްތާގެ މުއްދަތަކަށެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމުގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމަށް އަންގާ ކަމަށެވެ. އަދި ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ.

ނަމަވެސް ޑައިޑްލއިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.