Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ކުޅުދުއްފުށި އަނެއްކާވެސް ބަންދުކޮށްފި

ކުޅުދުއްފުށީ ބަނދަރުމަތި، އެރަށުން ކޮވިޑު ކޭސްއެއް ފެނުމާއި ގުޅިގެން ރަށްވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި، ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަނެއްކާވެސް ކުޅުދުއްފުށި މޮނީޓަރިން ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭ އިން ކުޅުދުއްފުށި މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ އެ ރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ކުޅުދުއްފުށި އަނެއްކާވެސް މޮނީޓަރިން ހާލަތަށް ގެނެސްފައިވާއިރު، އެ ރަށުގައި މީގެކުރިން އިއުލާންކުރި މޮނީޓަރިން ހާލަތު މިދިޔަ ހޮނިހިރު ދުވަހު ވަނީ އުވާލާފައެވެ. އެފަހަރު ކުޅުދުއްފުށި މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ އެ ރަށުން ނެގި ތިން ފްލޫ ސާމްޕަލެއް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ރެންޑަމްކޮށް ގިނަ އަދަދެއްގެ ސާމްޕަލްތަކެއް ކުޅުދުއްފުށިން ވަނީ ނަގާފައެވެ. އެ ހުރިހާ ސާމްޕަލެއް ވަނީ ކޮވިޑަށް ނެގެޓިވް ވެފައެވެ.

މިވަގުތު ވެސް އެޗްޕީއޭގެ މޮނިޓަރިންގައި 38 ރަށެއް އެބައޮތެވެ.