Last Updated: June 23, 15:45
Wednesday, June 23, 2021
ވިޔަފާރި

އުރީދޫ އާއި އެމްއެމްޑަބްލިއު މޯލްޑިވްސް ގުޅިގެން ބިދޭސީންނަށް މީލް ޕެކް ބަހައިފި

މިދިޔަ ރޯދަ މަހު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން - ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސް އާއި މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް ގުޅިގެން ބިދޭސިންނަށް މީލް ޕެކް ބަހައިފިއެވެ.

އުރީދޫ ބުނީ އެމްއެމްޑަބްލިއު މޯލްޑިވްސް ގުޅިގެން އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން ބިދޭސީން ކެއުމަށް 100 މީލް ޕެކް ބަހާފައިވާ ކަމަށެވެ.

އުރީދޫން ވަނީ އެމްއެމްޑަބްލިއު މޯލްޑިވްސް ގުޅިގެން މިދިޔަ ރޯދަ މަހު މާލޭގައި ދިރިއުޅޭ ބިދޭސިންނަށް ރޯދަ ވީއްލުން ވެސް ބަހާފައެވެ.

މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އަކީ ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުގައި ވަކާލާތުކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.

މީގެކުރިން ވެސް އުރީދޫން ވަނީ ރާއްޖޭގެ ތަފާތު އެކި ޖަމިއްޔާތަކާ ގުޅިގެން މިފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.