Last Updated: June 20, 23:30
Monday, June 21, 2021
ޚަބަރު

އައްޑޫ އިން އިތުރު ތިން މީހުން ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ އިން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު ތިން ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށެވެ. އެ ތިން ކޭސް އަކީ ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

އައްޑޫގައި ކޮވިޑްގެ ހާލަތު އޮތް ގޮތަށް ބަލާއިރު ހިތަދޫގައި މިވަގުތު ކޮވިޑްގެ 48 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި އެއް ކޭސް، ހުޅުދޫގައި ހަތް ކޭސް، މަރަދޫގައި ހަތަރު ކޭސް އަދި މަރަދޫފޭދޫގައި އެއް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގައި ކޮވިޑްގެ 61 އެކްޓިވް ކޭސް މިހާރު އެބަ އުޅެއެވެ.

އަދި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު އިތުރު 16 މީހުން ރަނގަޅުވެ، އަދަދު ވަނީ 258 އަށް އަރާފައެވެ. ކޮވިޑް ފެސިލިޓީގައި މިވަގުތު އެކަކަށް ވެސް ފަރުވާ ދެމުން ނުދާއިރު މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.