Last Updated: June 21, 09:55
Monday, June 21, 2021
ޚަބަރު

ޢާންމުންގެ ޒާތީ މަޢުލޫމާތު ވިއްކާ ގްރޫޕެއްގެ މައްސަލަ ބަލަނީ

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ - ފޮޓޯ: އިހުތިޝާމް މުހައްމަދު (ސަން)

ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މަޢުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މައުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ބައެއްގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބަލަމުން އަންނަނީ އަންހެން ކުދިންގެ ފޮޓޯއާއި ފޯނު ނަންބަރާއި ސްނެޕްޗެޓު އައިޑީ ފަދަ މައުލޫމާތުތައް ވިއްކަމުންދާ ޓެލެގްރާމް ގްރޫޕެއްގެ މައްސަލައެވެ.

އެ ގްރޫޕްގެ މައްސަލަ ބައެއް ފަރާތްތަކުން ވަނީ ޓްވިޓާގައި އިއްޔެ ސަމާލުކަމަށް ގެނެސްފައެވެ. އަދި އެ ގްރޫޕް ހިންގާ މީހާގެ މަޢޫލޫމާތާއި އޭނާ އާއި ކޮށްފައިވާ މުއާމަލާތްތަކުގެ ޗެޓްލޮގްތަކެއް ވެސް ވަނީ ޓްވިޓާގައި އާންމުކޮށްފައެވެ.