Last Updated: June 23, 16:33
Wednesday, June 23, 2021
ޚަބަރު

ޑރ. ހުސެއިން އަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި

ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަންކުރައްވާފައިވާ ޑރ. ހުސެއިން ރަޝީދު ހަސަން އަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ޑރ.ހުސެއިން އަށް ރުހުން ދޭން ފާސްކުރީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ. ޑރ.ހުސެއިން އަށް ރުހުން ދިނުމާ މެދު އަންނަ ހަފްތާގައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

ފިޝަރީޒް މިނިސްޓަރު ކަމަށް ޑރ. ހުސައިން އައްޔަނު ކުރައްވާފައިވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ.

ފިޝަރީޒް މިނިސްޓަރުކަމާ ހަވާލުވެލައްވަންދެން ޑރ ހުސައިން ދިޔައީ އެންވާރަމެންޓް މިނިސްޓަރުގެ މަޤާމު ފުރުއްވަމުންނެވެ.