Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އައްޑޫ އިން އިތުރު 9 މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ އިން އިތުރު 9 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ ހޮސްޕިޓަލުން ބުނީ މި ހަތް ކޭސް ވެސް ފެނިފައިވަނީ ހިތަދޫ އިން ކަމަށެވެ. އެގޮތުން އެ ކޭސްތަކުގެ ތެރެއިން ހަތް ފަރާތަކީ ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުން ކަމަށްވާއިރު ދެން ޕޮޒިޓިވް ވެފައިވަނީ ފްލޫ ކްލިނިކަށް ދެއްކި މީހަކާއި ރެންޑަމް ސާމްޕަލް އެކެވެ. މިއަދު ޕޮޒިޓިވްވި އެންމެންނަކީ ވެސް ދިވެހިންނެވެ.

އައްޑޫގައި ކޮވިޑްގެ ހާލަތު މިހާރު އޮތް ގޮތަށް ބަލާއިރު ހިތަދޫގައި މިވަގުތު ކޮވިޑްގެ 117 އެކްޓިވް ކޭސް އުޅޭއިރު، މަރަދޫގައި ދެ ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގައި ކޮވިޑްގެ 119 އެކްޓިވް ކޭސް މިހާރު އެބަ އުޅެއެވެ.

އަދި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު އިތުރު ދެ މީހަކު ރަނގަޅުވެ، އަދަދު ވަނީ 307 އަށް އަރާފައެވެ. ކޮވިޑް ފެސިލިޓީގައި މިވަގުތު އެކަކަށް ފަރުވާ ދެމުންދާއިރު މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.

ހިތަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު، ހިތަދޫގައި އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު މިހާރު ވަނީ ހަވީރު ހަތަރަކުން ހެނދުނު އަށަކަށް އިތުރުކޮށްފައެވެ. އަދި ފުލުހުން ދޫކުރާ ހާއްސަ ހުއްދަ ނެތި އާންމުން ގެއިން ބޭރަށް ނިކުތުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ.