Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 187 މީހުން

ކޮވިޑްގެ ކަންކަމުގައި އުޅޭ ފަރާތްތަކެއް - ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖެއިން އިތުރު 187 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 84 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 91 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 71،896 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 5300 ކޭސް އެވެ. މި ބަލިން 66،379 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 46 މީހަކަށެވެ. މި ބަލީގައި 206 މީހަކު ވަނީ ނިޔާވެފައެވެ.