Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އިތުރު 139 މީހުން ކޮވިޑަށް ޕޮޒިޓިވް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓް ކުރަނީ / ފޮޓޯ: އޭއީއެޗް

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 139 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 26 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 81 މީހެއްގެ އިތުރުން ސިނާއީ މަސައްކަތްކުރާ ސައިޓުތަކުން ޕޮޒިޓިވްވި 22 މީހަކު ހިމެނޭ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 74،724 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2932 ކަމަށްވާއިރު އޭގެތެރެއިން 22 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލިން 71،567 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 213 މީހަކު ވަނީ ނިޔާވެފައެވެ.