100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އދ.މަހިބަދޫ އަށް ތައާރަފްކޮށްފިއެވެ.
އުރީދޫން ބުނީ ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަރނެޓްގެ ޚިދުމަތް މަހިބަދޫއިން ގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ސުޕަރނެޓް 50އެމް އަދި 100އެމް ނަގާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް އެއްމަސް ދުވަހުގެ ސަބްސްކްރައިޕްޝަން މުޅިން ހިލޭ ލިބޭނެ ކަމަށްވެސް އުރީދޫން ބުނެއެވެ.
އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރާތްތަކަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޙިދުމަތް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކާ އުރީދޫން ޕެކޭޖްތަކާއި ޙިދުމަތްތައް އަޕްގްރޭޑް ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.
އެގޮތުގެ މަތިން ދާދި ފަހުން ގެނައި ބަދަލުތަކާއެކު ސުޕަރނެޓް ޕެކޭޖްތަކަކީ މިހާރު މާކެޓްގައި އެންމެ ގިނަ ފައިދާތައް ލިބޭނެ ޕެކޭޖްތައް ކަމަށާއި 100 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާ، ޑޭޓާ ރޯލް އޯވަރ ގެ އިތުރުން ޑޭޓާ ހުސްވުމުން ލިބޭ ސްޕީޑްވެސް ދެ ގުނައަށް އިތުރުކުރެވިފައިވާކަން ނިޔާޒު ފާހަގަކުރެއްވިއެވެ.
"މަހިބަދޫއަށް މިއަދު މި ޙިދުމަތް ތައާރަފް ކުރުމަކީ މަހިބަދޫގެ ރައްޔިތުންނަށް އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރެވި އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން." ނިޔާޒު ވިދާޅުވިއެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.
މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު %100 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މީގެ އިތުރުން ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވަރގެ ޙިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެއެވެ.