Last Updated: March 28, 19:01
Thursday, March 28, 2024
ވިޔަފާރި

ރާއްޖެ އެތެރެކުރާ ކާޑުގެ ބާވަތްތަކުގެ ކޯޓާ އިންޑިއާ އިން އާކޮށްދީފި

ކާޑުގެ ބާވަތްތައް ބަހައްޓާ އެސްޓީއޯގެ ގުދަނަކުން މީހަކު ކާޑުގެ ބާވަތެއް ހުރި ބަސްތާއެއް ކޮނޑަށް ލައިގެން ދަނީ: ފޮޓޯ / މޯލްޑިވްސް ޓައިމްސް

ރާއްޖެ އަށް އިންޑިއާ އިން އެތެރެކުރާ ކާޑުގެ ބާވަތްތަކާއި، ޒަރޫރީ ކާބޯތަކެތީގެ ކޯޓާ އާކޮށްދީފިއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި 1981 ވަނަ އަހަރު ސޮއިކޮށްފައިވާ ވިޔަފާރީގެ ގުޅުންތަކާ ބެހޭ އެއްބަސްވުމުގެ ދަށުން އިންޑިއާ އިން ކޯޓާ ކަނޑައަޅަނީ ރާއްޖެ އިން ބޭނުންވެގެން ހުށަހަޅާ މިންވަރަކަށް ބެލުމަށް ފަހުއެވެ.

އެގޮތުން ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް އިންޑިޔާއިން ރާއްޖެއަށް އެތެރެ ކުރާ މުދާ އެތެރެކުރުމަށް ދީފައިވާ ކޯޓާ މިފަހަރު އާކޮށްދީފައިވަނީ ތިން އަހަރުގެ މުއްދަތަކަށެވެ. މި ކޯޓާއަކީ މީގެކުރިން ކޮންމެ އަހަރަކު އާ ކުރާ ކޯޓާއެކެވެ.

މިއީ މިހާތަނަށް މިގޮތަށް ކޯޓާ އެންމެ ގިނަ ދުވަހަށް އެޕްރޫވް ކުރި ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިން 2018 ވަނަ އަހަރުގެ ކުރީކޮޅު އިންޑިއާ އިން ވަނީ ކާޑުގެ ބާވަތްތަކުގެ ކޯޓަށް ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. ނަމަވެސް މި ސަރުކާރާ އެކު އިންޑިއާގެ ގުޅުން ރަނގަޅުވެ ކޯޓާ ވަނީ އަލުން އިތުރުކޮށްދީފައެވެ.