Last Updated: March 28, 14:17
Thursday, March 28, 2024
ވިޔަފާރި

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 575،000 އިން މައްޗަށް

މިއަހަރުގެ މިހާތަނަށް 575،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް 575،931 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. 2020 ވަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 383,584 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހު ރާއްޖެއަށް 92,103 ފަތުރުވެރިން އައިސްފައިވާއިރު، ފެބްރުއަރީ މަހު އައިސްފައި ވަނީ 96,881 ފަތުރުވެރިންނެވެ. އަދި މާޗު މަހު 109،585 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އޭޕްރީލް މަހު ވަނީ 91،200 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އަދި މޭ މަހު 64،613 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ޖޫން މަހު 56،166 ފަތުރުވެރިން އަދި މި މަހުގެ މިހާތަނަށް ވަނީ 65،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާ އިންނެވެ. އެގައުމުން ރާއްޖެއައި ފަތުރުވެރިންގެ 23.8 އިންސައްތަ ހިއްސާކުރާއިރު، ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި އިންޑިއާ އިން ހިއްސާކުރަނީ 16.5 އިންސައްތައެވެ.

އަދި ޖަރުމަނުން އައި ފަތުރުވެރިން 5.5 އިންސައްތަ ހިއްސާކުރާއިރު، ޔުކްރޭނުން އައި ފަތުރުވެރިން ހިއްސާކުރަނީ 4.4 އިންސައްތައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް ރާއްޖޭގެ 162 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 38،168 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މިހާތަނަށް 712 ހޮޓަލަކާއި ގެސްޓްހައުސް އެއް 160 ސަފާރީއެއްގައި 2986 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.