Last Updated: March 29, 14:00
Friday, March 29, 2024
ވިޔަފާރި

މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފެނުގެ ހިދުމަތް މެދުކެނޑޭނެ

މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފެން ކެނޑުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނިންމައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މާލޭ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ" ދަށުން މިހާރު މަސައްކަތް ކުރަމުންދާ ފުލޫނިޔާ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅާލުމުގެ މަސައްކަތް މިރޭ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މިރޭ 11 އިން ފަތިހު 4:00 އަށް ހަނދުވަރީ ހިނގުމާއި، ކާނޭޝަން މަގާއި ދެމެދުން ފުލޫނިޔާ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުން ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.