Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ކޮވިޑުގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 220 އަށް އަރައިފި

ކޮވިޑް-19 ގައި އިތުރު މީހަކު ރާއްޖެއިން މަރުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މި ބަލީގައި އެންމެފަހުން މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައިވަނީ ރ.ދުވާފަރު ހެލްތު ސެންޓަރަށެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 220 ވަނަ ފަރާތެވެ.

މިދިޔަ މޭ މަހުގެ ތެރޭގައި ރާއްޖެއިން ގިނަ އަދަދަކަށް މި ބަލީގައި މީހުން ޕޮޒިޓިވްވެ އަދި މަރުވިއިރު، ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއެކު ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ބޮޑުތަނުން ދަށްވެފައެވެ.