Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އައްޑޫގައި ކޮވިޑަށް މީހަކު ޕޮޒިޓިވް ނުވެ ހަތަރު ދުވަސް

ހިތަދޫ ލިންކު ރޯޑު، ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީ އިން މިއަދު ވެސް ކޮވިޑް-19 ގެ ޕޮޒިޓިވް ކޭހެއް ފެނިފައި ނުވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.

މިއީ އައްޑޫ އިން ޕޮޒިޓިވް ކޭހެއް ނުފެނި ޖެހިޖެހިގެން ދިޔަ ހަތަރުވަނަ ދުވަހެވެ.

އައްޑޫގައި ކޮވިޑްގެ ހާލަތު އޮތް ގޮތަށް ބަލާއިރު ހިތަދޫގައި މިވަގުތު ކޮވިޑްގެ ހަ އެކްޓިވް ކޭސް އުޅޭއިރު، މަރަދޫގައި 22 ކޭސް އަދި މަރަދޫފޭދޫގައި އެއް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގައި ކޮވިޑްގެ 30 އެކްޓިވް ކޭސް މިހާރު އެބަ އުޅެއެވެ.

އަދި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު އިތުރު އެކަކު ރަނގަޅުވެ، އަދަދު ވަނީ 525 އަށް އަރާފައެވެ. މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.