Last Updated: April 18, 15:32
Thursday, April 18, 2024
ޚަބަރު

ކާށިދޫގައި ކޮވިޑްގެ އެކްޓިވް ކޭސް 100 އިން މައްޗަށް

ކ.ކާށިދޫގައި ކޮވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ އަދަދު 100 އިން މައްޗަށް އަރައިފިއެވެ.

ކާށިދޫ ސިއްހީ މަރުކަޒުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު އެ ރަށުން މިއަދު ވަނީ ހަތް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެވެ. ރެންޑަމް ދެ ސާމްޕަލް އަކާއި ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ހެދި ދެ މީހެކެވެ.

އެއާއެކު އެރަށުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 160 އަށް އަރާފައެވެ. އޭގެތެރެއިން 55 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 105 ގައެވެ.

ކޮވިޑް ކޭސްތަކާ ގުޅިގެން އެރަށުގެ 89 ގެ މޮނީޓަރިން އަށް ލާފައިވައިރު، ހަ ގެއެއް ވަނީ ކަރަންޓީނުކޮށްފައެވެ.