Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

އިތުރު 105 މީހުން ކޮވިޑަށް ޕޮޒިޓިވް

ލ. ގަމުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ.-ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 105 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 22 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 68 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހަކު ހިމެނޭ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 76،953 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2611 ކަމަށްވާއިރު އޭގެތެރެއިން 16 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލިން 74،110 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 220 މީހަކު ވަނީ ނިޔާވެފައެވެ.