Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އޮސްޓްރޭލިއާ އިން ރާއްޖެއަށް ޕީޕީއީ ހަދިޔާކޮށްފި

އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ) ރާއްޖެއަށް ހަދިޔާ ކޮށްފިއެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި މި ތަކެއްޗާއި ރާއްޖޭގެ ފަރާތުން ހަވާލުވީ ސްރީލަންކާގައި ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު، އުމަރު އަބްދުއްރައްޒާގު އެވެ.

އޮސްޓްރޭލިއާގެ ހައިކޮމިޝަނުން ބުނީ މި ތަކެއްޗާއެކު ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެ އަށް ފޯރުކޮށްދިން އެހީގެ އަދަދު 9 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. އޮސްޓްރޭލިއާ އިން ވަނީ ޕީޕީއީގެ އިތުރުން ފްރޮންޓްލައިން ވޯކަރުންނަށް ތަމްރީނުތައް ފޯރުކޮށްދީ، އަންހެނުންނާއި އަންހެން ކުދިންނަށް ތަފާތު އެކި އެހީތައް ވެފައެވެ.

މިދިޔަ މޭ މަހުގެ ތެރޭގައި ރާއްޖެއިން ގިނަ އަދަދަކަށް މި ބަލީގައި މީހުން ޕޮޒިޓިވްވެ އަދި މަރުވިއިރު، ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއެކު ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ބޮޑުތަނުން ދަށްވެފައެވެ.