Last Updated: April 19, 11:14
Friday, April 19, 2024
ވިޔަފާރި

އެއާ އިންޑިއާގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށައިފި

އެއާ އިންޑިއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

އެއާ އިންޑިއާ އިން ރާއްޖެއަށް ކުރަމުން ދިޔަ ދަތުރުތައް މެދުކަނޑާލީ މިދިޔަ މޭ މަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 ގެ ކޭސްތައް ގިނަ އަދަދަކަށް ފެންނަމުން ދިޔުމާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ދެކުނު އޭޝިއާގެ ފަތުރުވެރިން ރާއްޖެއަށް އައުން މަނާކުރުމާ ގުޅިގެންނެވެ.

ނަމަވެސް ކޮވިޑްގެ ހާލަތު ރާއްޖޭގައި ރަނގަޅުވުމާ ގުޅިގެން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ވަނީ އަލުން ހުޅުވާލާފައެވެ.

އެއާ އިންޑިއާގެ ދަތުރުތައް މެދުކަނޑާލުމުގެ ކުރިން ރާއްޖެއާއި އިންޑިއާ އާއި ދެމެދު ހަފްތާ އަކު ހަތަރު ފްލައިޓް ބާއްވާފައިވެއެވެ.

އެއާ އިންޑިއާގެ ދަތުރުތައް އަލުން ފެށިއިރު އިންޑިއާގެ ސްޕައިސްޖެޓުން ވެސް ރާއްޖެ އަށް އަލުން ދަތުރުތައް މިދިޔަ ހަފްތާގައި ވަނީ ފަށާފައެވެ.