Last Updated: April 25, 08:38
Thursday, April 25, 2024
ވިޔަފާރި

އެކްސްޕޯޓު، އިމްޕޯޓު އަދި ދައުލަތަށް ލިބުނު އާމްދަނީ ވެސް މައްޗަށް

މިދިޔަ ޖޫން މަހު ރާއްޖެއަށް އެތެރެ ކުރި މުދަލާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރި މުދަލުގެ އަގުގެ އިތުރުން ދައުލަތަށް ލިބުނު އާމްދަނީ ވެސް އިތުރުވެއްޖެއެވެ.

ކަސްޓަމްސް އިން ނެރުނު މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެ އަށް 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ އިރު މި އަހަރުގެ ޖޫން މަހު އެ އަދަދު ވަނީ ތިން ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ. މިއީ 44 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ އޮމާނުންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 17 ޕަސެންޓަކީ އެ ގައުމުން އެތެރެކުރި މުދަލެވެ. ދެން އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވަނީ ޗައިނާ އާއި ސިންގަޕޫރުންނެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި މިންވަރު ވެސް އިތުރުވެފައިވާއިރު، މިދިޔަ އަހަރުގެ ޖޫން މަހު 221 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާއިރު މި އަހަރު އެ އަދަދު ވަނީ 228 މިލިއަން ރުފިޔާއަށް އިތުރުވެފައެެވެ. މިއީ ތިން ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑަށެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 30 ޕަސެންޓް ބޭރުކޮށްފައިވަނީ އެ ގައުމަށެވެ.

މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 59 ޕަސެންޓަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހު އާމްދަނީގެ ގޮތުގައި 156 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 247 މިލިއަން ރުފިޔާއެވެ.