Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

ކުޅުދުއްފުށިން އިތުރު ހަތަރު މީހަކު ޕޮޒިޓިވް ވެއްޖެ

ކުޅުދުއްފުށި ސިޓީން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނީ މިއަދު ޕޮޒިޓިވް ވެފައިވަނީ ކުރިން ޕޮޒިޓިވް ވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ހަތަރު ފަރާތެއް ކަމަށެވެ. އެއާއެކު އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 24 އަށް ވަނީ އަރާފައެވެ.

އަދި ކޭސްތަކުގެ އަދަދު މަތި ވަމުން ދާއިރު، ހުރިހާ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ހާއްސަ ގޮތެއްގައި މާސްކު އެޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ދިމާވާ ފަރާތްތައް ނުވަތަ "ކޮންޓެޓްކް ބަބްލް" ކުޑަ ކުރުމަށް މަސައްކަތް ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހުމާއި ރޯގާގެ އަސަރު ހުރެގެން ފުލޫ ސާމްޕަލް ނެގުނު 13 އަހަރުގެ ކުއްޖެއް ޕޮޒިޓިވްވެ ކުޅުދުއްފުށި މިދިޔަ ހޮނިހިރު ދުވަހު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ. އަދި އެ ރަށުގައި އަންނަނީ ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކާފިއު ވެސް ހިންގަމުންނެވެ.