Last Updated: April 24, 09:46
Wednesday, April 24, 2024
ޚަބަރު

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 141 މީހުން

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 141 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 22 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 98 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 20 މީހަކު ހިމެނޭ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 77،094 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2527 ކަމަށްވާއިރު އޭގެތެރެއިން 14 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލިން 74،335 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 220 މީހަކު ވަނީ ނިޔާވެފައެވެ.