Last Updated: April 24, 23:11
Wednesday, April 24, 2024
ވިޔަފާރި

އުރީދޫ އަތޮޅު ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު އިތުރުކޮށްފި

އުރީދޫ އަތޮޅު ދުވުމުގެ ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

އުރީދޫން ބުނީ ސްކޫލް ބަންދާއި މޫސުމީ ހާލަތާއި ގުޅިގެން ދުވުން ފުރިހަމަ ކުރުމަށް ވަގުތު އިތުރުކުރުމަށް ގިނަ ދުވުންތެރިން އެދިފައިވުމާއެކު މި މަހުގެ 14 ގެ ނިޔަލަށް އަތޮޅު ދުވުމުގެ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ދުވުމުގައި ބައިވެރިވާ ފަރާތްތަކުން 5 ކިލޯމީޓަރު އަދި 10 ކިލޯމީޓަރ ގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

ދުވުން ފުރިހަމަ ކުރާ ފަރާތްތަކުން "ރަން މޯމެންޓްސް" އަދި ޑިޖިޓަލް މެޑަލް ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓަރގައި ޝެއަރ ކޮށްގެން އިނާމް ހޯދުމުގެ ފުރުސަތުވެސްވަނީ މި މަހު 14 ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވާއިރު އުރީދޫ މޯލްޑިވްސްގެ އެކައުންޓް ޓެގް ކޮށް #OoredooAtholhuDhuvun ހޭޝްޓެގް ބޭނުންކުރަން ޖެހެއެވެ.

އުރީދޫ އިން ބުނީ ރަން މޯމަންޓްސް ޝެއާ ކުރާ މީހުންގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް މަމަކް ރެސްޓަޯރެންޓުން ދެ މީހަކަށް ކެއުން އަދި ލަ ވެރާ ޕިޒޭރިއާ އިން ދެ މީހަކަށް ޕިއްޒާ ލިބޭނެ ކަމަށެވެ.

ޑިޖިޓަލް މެޑަލް ޝެއާ ކުރާ މީހުންގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ލި ޕާފިއުމްގެ ފަރާތުން ގިފްޓް ޕެކެއް އަދި ޕިއްޒާ ކިޗަންއިން ޕިއްޒާއެއް ލިބޭނެ ކަމަށް ވެސް އުރީދޫ އިން ބުނެ އެވެ.

މީގެ އިތުރުން ދުވުން ފުރިހަމަކޮށް ޑިޖިޓަލް މެޑަލް ލިބުމުން ފިޒިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑް ކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.