Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ތަމްރީނު ހަދަމުންދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެ

ރާއްޖެއިން ބޭރުގައި ތަމްރީނު ހަދަމުން ދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ ސިފައިންގެ މީހާ ތަމްރީނު ހަދަމުންދިޔައީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކަމަށެވެ. އެމީހާ ނިޔާވީ ތަމްރީނު ހަރަކާތެއްގައި އުޅެނިކޮށް ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

ނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމް އެވެ.

ނިޔާވި ސިފައިންގެ މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް އެމީހާ ނިޔާވި ސަބަބެއް އެމްއެންޑީއެފުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.