Last Updated: April 25, 10:28
Thursday, April 25, 2024
ޚަބަރު

އަދުހަމް ބަލިކޮށް އައްޑޫގެ އެމްޑީޕީގެ ރައީސްކަން ފައިސަލް އަށް

މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އައްޑޫ ސިޓީގެ އެމްޑީޕީގެ ރައީސްކަމުގެ މަގާމު އަހުމަދު ފައިސަލް (ފައި) ކާމިޔާބުކޮށްފިއެވެ.

ފައިސަލް މި އިންތިހާބު ކާމިޔާބުކުރީ މިހާތަނަށް އެ މަގާމުގައި ހުންނެވި އަހުމަދު އަދުހަމްގެ އިތުރުން އަބްދުﷲ ވަސީމް އާއި އަހުމަދު ޝަރީފްއާ ވާދަކޮށެވެ. އަދުހަމް ވަނީ ފާއިތުވި ދެ ދައުރުގައި ވެސް އައްޑޫގެ އެމްޑީޕީގެ ރައީސްކަމުގެ މަގާމު އަދާކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް އިއުލާންކުރި ނަތީޖާތައް ދައްކާ ގޮތުން ފައިސަލް އުޅެނީ އެހެން ކެންޑިޑޭޓުންނަށް ވުރެ ބޮޑުތަނުން ކުރީގައެވެ.

އައްޑޫ އެމްޑީޕީގެ ރައީސްކަން ފައިސަލް ކާމިޔާބު ކުރިއިރު، އޭނާ އަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ކޮއްކޮއެވެ.

ޖުމުލަ 733 ކެނޑިޑޭޓުން ވާދަކުރި މި އިންތިހާބަކީ އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތެރެއިން ތާއީދު ބޮޑީ ކޮން ބޭފުޅަކަށްތޯ ބެލުމަށް ނެގޭ ވޯޓަކަށް ވެގެންދާނެކަމަށް ގިނަ ފަރާތްތަކަކުން ދެކެއެވެ.