Last Updated: April 20, 17:48
Saturday, April 20, 2024
ޚަބަރު

އެމްޑީޕީ އިންތިހާބު: ސައީދު އާއި އަމްރު ހޮވިއްޖެ

މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކާމިޔާބީ ހޯއްދަވައިފިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވާދަކުރެއްވީ މަތި ދެކުނު ޕްރޮވިންސްގެ ރައީސް ކަމަށެވެ. އަދި
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދު ވާދަކުރެއްވީ ގައްދު ދާއިރާގެ ރައީސް ކަމަށެވެ.

މީގެއިތުރުން މި އިންތިހާބުގައި ވާދަކުރެއްވި ތިން ވަޒީރުން ވެސް ވަނީ އިންތިހާބުން ކާމިޔާބީ ހޯއްދަވާފައެވެ. އެއީ ޔޫތު މިނިސްޓަރު އަހްމަދު މަހްލީފާއި އިކްނޮޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭސްމިނިސްޓަރ އިބްރާހިމް އަމީރު އެވެ.

މިހާރުވެސް އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންގެ ހަސިއްޔަތުން އެ ތިން ބޭފުޅުންވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވަ އެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރާނެއެވެ. މި އިންތިހާބުގައި 300 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އިންތިހާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން 165 ކެނޑިޑޭޓަކު ވަނީ އިންތިހާބަކާ ނުލާ ހޮވިފައެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.