Last Updated: April 25, 08:57
Thursday, April 25, 2024
ޚަބަރު

މަހުމޫދުގެ ޖަނާޒާ އަސުރަށްފަހު

މަހުމޫދު ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތްކުރަނީ: ފޮޓޯ މިހާރު

އދ. ދަނގެތީގައި މަރާލާފައި އޮއްވާ އިއްޔެ ފެނުނު މީހާގެ ޖަނާޒާ މިއަދު ޢަސުރު ނަމާދަށްފަހު ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.

މަރާލާފައި އޮއްވާ ފެނިފައިވަނީ ދަނގެތީގެ ވިޔަފާރިވެރިޔެއް ކަމުގައިވާ އެ ރަށު މޮނަލާޒް، މަހްމޫދު އަބޫބަކުރު އެވެ. އޭނާ ފެނިފައިވަނީ ގޯންޏަކަށްލާ ވަޅަކަށް އެއްލާލާފައިވަނިކޮށެވެ.

މަހުމޫދުގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސް ޓެސްޓުތަކެއް ހެދުމަށްފަހު ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކާ މިއަދު މިހާރުވަނީ އަނބުރާ ރަށަށް ގެންގޮސްފައެވެ.

ދަނގެތިން "އައްޑޫލައިވް" އާއި ވާހަކަދެއްކި މީހަކު ބުނީ މަހުމޫދުގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި އެގޮތުން ކަރަށާއި ބޮލަށް ވަޅީގެ އެތައް ހަމަލާއެއް އަމާޒުކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ދަނގެއްޗަށް ގޮސްފައިވާއިރު، މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުމޫދު ގެއްލިގެން ހޯދަން ފަށާފައިވަނީ އިއްޔެ ހެނދުނުން ފެށިގެންނެވެ.

މަހްމޫދުގެ މަރާއި ގުޅިގެން ދަނގެތީ މިވަގުތު ބިރުވެރިކަމެއްގެ ތެރޭގައި އޮތްއިރު، މަހްމޫދުގެ އަންބަކާއި ހަތަރު ދަރިން އެބަ ތިއްބެވެ.