Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

އެސްޓީއޯގެ އެގްރި ސެންޓަރެއް ތޮއްޑޫގައި

އެސްޓީއޯގެ އެގްރި ސެންޓަރެއް އއ.ތޮއްޑޫގައި ހުޅުވައިފިއެވެ.

މިއީ މާލެއިން ބޭރުގައި އެސްޓީއޯ އިން ހުޅުވި ފުރަތަމަ އެގްރި ސެންޓަރެވެ. މި ސެންޓަރ ހުޅުއްވައިދެއްވީ ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް އެވެ.

އެސްޓީއޯ އިން ބުނީ ތޮއްޑޫގެ ދަނޑުވެރިން ހައްދާ ބާވަތްތަކުގެ ތެރެއިން އެގްރި ސެންޓަރުން ގަންނަ ހުރިހާ ބާވަތްތަކެއް ގަންނާނެ ކަމަށެވެ.

އެސްޓީއޯއިން އެގްރި ސެންޓަރުގެ ނަމުގައި ސެންޓަރެއް ހުޅުވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. އެގޮތުން އެ ސެންޓަރުގައި 300 އަށް ވުރެ ގިނަ ދަނޑުވެރިން މިހާރު ވަނީ ރަޖިސްޓްރީކޮށްފައެވެ.

އެސްޓީއޯއިން އެގްރި ސެންޓަރގެ ނަމުގައި ސެންޓަރެއް ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ދަނޑުވެރިން ހައްދާ ތަކެތި ގަނެ ދަނޑުވެރިންނަށް ހަމަ އަގު ހޯދައިދިނުންކަމަށް އެކުންފުނިން ބުނެއެވެ.