Last Updated: April 20, 10:54
Saturday, April 20, 2024
ޚަބަރު

މަހުމޫދުގެ ޖަނާޒާ ބާއްވައިފި

މަހުމޫދުގެ ޖަނާޒާގެ ތެރެއިން - ފޮޓޯ: އަވަސް

އދ. ދަނގެތީގައި މަރާލާފައި އޮއްވައި އިއްޔެ ފެނުނު އެ ރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރުގެ ޖަނާޒާ ބާއްވައިފިއެވެ.

މަހްމޫދުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު އަސުރު ނަމާދަށް ފަހު އެވެ. މަހުމޫދުގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.

މަހުމޫދުގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސް ވަނީ ޓެސްޓުތަކެއް ހަދާފައެވެ.

ދަނގެތިން "އައްޑޫލައިވް" އާއި ވާހަކަދެއްކި މީހަކު ބުނީ މަހުމޫދުގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި އެގޮތުން ކަރަށާއި ބޮލަށް ވަޅީގެ އެތައް ހަމަލާއެއް އަމާޒުކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ދަނގެއްޗަށް ގޮސްފައިވާއިރު، މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މަހްމޫދުގެ މަރާއި ގުޅިގެން ދަނގެތީ މިވަގުތު ބިރުވެރިކަމެއްގެ ތެރޭގައި އޮތްއިރު، މަހްމޫދުގެ އަންބަކާއި ހަތަރު ދަރިން އެބަ ތިއްބެވެ.