Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ކަސްޓަމްސް އިން ގިނަ އަދަދެއްގެ ބަނގުއާވި ނައްތާލައިފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުއާވި ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މި ތަކެތި ނައްތާލާފައި ވަނީ އިއްޔެ ކ. ތިލަފުށި ސައިޓްގައި ކަސްޓަމްސް އޮފިސަރުންގެ ހާޒިރުގައެވެ.

އެގޮތުން އިއްޔެ ނައްތާލާފައިވަނީ ބަނގުއާވީގެ 201 ކާޓަންގެ 5040 ފުޅި އެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެއްޗަކީ ކަސްޓަމްސްގެ ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ.