Last Updated: April 20, 07:18
Saturday, April 20, 2024
ދުނިޔެ

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު އަވަހާރަކޮށްލައިފި

ވަޅިން ދިން ހަމަލާއެއްގައި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު އަވަހާރަވެއްޖެއެވެ.

މި ހާދިސާގައި އަވަހާރަވެފައިވަނީ އިނގިރޭސިވިލާތުގައި ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރެއް ކަމަށްވާ ސަރ ޑޭވިޑް އެމްސް އެވެ.

އެމްސް އަށް ވަޅިން ހަމަލާދީފައިވަނީ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވަމުން ގެންދަވަނިކޮށެވެ. އެ ހަމަލާ އެމްސް އަށް ދިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

އުމުރުން 69 އަހަރުގެ އެމްސް ގެންދަވަނީ 1983 ވަނަ އަހަރުން ފެށިގެން އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން އަދާކުރައްވަމުންނެވެ.

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު އަވަހަރާކޮށްލާފައިވާއިރު، 2016 ވަނަ އަހަރު ބަޑިން އަދި ވަޅިން ހަމަލާދީ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޖޯ ކޮކްސް ވަނީ އަވަހަރާކޮށްލާފައެވެ.