Last Updated: December 2, 22:38
Thursday, December 2, 2021
ވިޔަފާރި

ކެނަރީފް ރިސޯޓުގެ ވަޒީފާތަކަށް މީހުން ހޯދަނީ

އައްޑޫ ކެނަރީފް ރިސޯޓުގެ ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.

ކެނަރީފް ރިސޯޓުން ކުރި އިއުލާނެއްގައި ބުނީ މީހުން ހޯދަނީ އިންޖިނިއަރިންގެ ވަޒީފާތަކަށާއި އެފްއެންބީ އާއި ހައުސްކީޕިން އާއި ކިޗަން ޓީމަށާއި ފްރޮންޓް އޮފީހަށާއި ސެކިއުރިޓީ އަދި ފައިނޭންސް ޑިޕާޓްމެންޓަށް ކަމަށެވެ.

މި ވަޒީފާތަކުގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެ ދާއިރާއެއްގައި ގިނަވެގެން ދެ އަހަރު މަސައްކަތްކޮށްފައިވުމެވެ.

މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީއާއެކު މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން hr1@canareef.com އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައި އޮތް ކެނަރީފް ރިސޯޓު އަންނަ މަހު އަލުން ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކެނަރީފް ބަންދުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭގެ ސަބަބުން އެ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ އައްޑޫގެ 200 އެއްހާ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިގެން ގޮސްފައެވެ.