Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ޔާމީން ބައިވެރިވާ ޕީޕީއެމްގެ ޖަލްސާއެއް މިރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީއެންސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ޖަގަހަ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ ޔާމީން ބައިވެރިވާ ޖަގަހަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ޕީޕީއެމް އޮފީހުގައި މިރޭ 9 ޖަހާއިރު ކަމަށެވެ. މި ޖަގަހަ ޖަލްސާ ބާއްވަނީ "ޝުކުރިއްޔާ ލޮބުވެތި ރައްޔިތުން" ގެ ނަމުގަ އެވެ. މި ޖަލްސާގައި ޔާމީން ވާހަކަފުޅުދައްކަވާނެ އެވެ.

މިއީ ފާއިތުވި ދެ އަހަރެއްހާ ދުވަހަށްފަހު ޔާމީން ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ޕީޕީއެމުން އަންނަނީ އަންނަ ހުކުރު ދުވަހުގެރޭ ޔާމީން ބައިވެރިވާ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވެސް ތައްޔާރުވަމުންނެވެ.

ޔާމީންގެ މައްޗަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބާތިލުކޮށްފަ އެވެ.