Last Updated: April 24, 17:03
Wednesday, April 24, 2024
ޚަބަރު

އަސްކަރީ ތަމްރީނަކަށް އިންޑިއާ ސިފައިން ރާއްޖެ އަތުވެއްޖެ

އިންޑިއާގެ ސިފައިންތަކެއް

ރާއްޖޭގެ ސިފައިންނާއި ގުޅިގެން ބާއްވާ އަސްކަރީ ތަމްރީންތަކަކަށް އިންޑިއާގެ ސިފައިންގެ ފައުޖެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުން ބުނީ "އެކްސަސައިޒް އެކުވެރިން" ގެ ނަމުގައި ކުރިއަށްގެންދާ މި ތަމްރީނުތައް މާދަމާ އިން ފެށިގެން މި މަހުގެ 19 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

މި ތަމްރީނަކީ ރާއްޖެ އާއި އިންޑިއާ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ކައުންޓަރ ޓެރަރިޒަމާއި، ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ތަމްރީނެއް ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ.

ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ބާއްވަމުންދާ އެކްސަސައިޒް އެކުވެރިންނަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ގައުމެއްގައި ބާއްވަމުންގެންދާ ތަމްރީނެކެވެ.