Last Updated: April 20, 16:27
Saturday, April 20, 2024
ވިޔަފާރި

ބީއެމްއެލްގެ "ވާއު ކިޑްސް" ދުވުން ހޮނިހިރު ދުވަހު

ބީއެމްއެލް އާއި ޓީއެފްޖީގެ "ވައު ކިޑްސް" ގެ މި އަހަރުގެ ދުވުން މި މަހުގެ 25 ގައި ބާއްވަން ނިންމައިފި އެވެ.

ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ މިއިވެންޓް އޮންނާނީ އެ ދުވަހު ހެނދުނު 6:10 ގަ އެވެ.

މި އިވެންޓްގައި ބައިވެރިވެވޭނީ 4 އަހަރާއި 6 އަހަރާ ދެމެދު ކުދިންނަށާއި 6 އަހަރާއި 8 އަހަރާ ދެމެދު ކުދިންނަށާއި 8 އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންގެ އިތުރުން 10 އަހަރާއި 13 އަހަރުގެ އުމުރު ފުރާގެ ކުދިންނަށް ކަމަށް ބީއެމްއެލުން ހާމަކުރެ އެވެ.

ދުވުމުގައި ބައިވެރިވާ ކުދިންގެ ތެރެއިން ހަތަރު އަހަރުން ފެށިގެން 10 އަހަރުގެ ކުދިން ދުވާނީ ބެލެނިވެރިޔަކާ އެކުގަ އެވެ. މި އަހަރުގެ ދުވުމުގައި ވެސް 1200 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދޭނެ އެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ.