Last Updated: August 8, 11:43
Monday, August 8, 2022
ވިޔަފާރި

މި މަހުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެއަށް 24،000 ފަތުރުވެރިން

މި މަހުގެ ފުރަތަމަ ފަސް ދުވަހު އެކަނިވެސް ރާއްޖެއަށް 24،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެ އަށް ވަނީ 24،527 ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 15،680 ފަތުރުވެރިންނެވެ. މިއީ 56.4 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާ އިންނެވެ. އެގައުމުން ރާއްޖެއައި ފަތުރުވެރިންގެ 27 އިންސައްތަ ހިއްސާކުރާއިރު، ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި އިޓަލީން ހިއްސާކުރަނީ 13 އިންސައްތައެވެ.

ރާއްޖޭގެ 161 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 38،226 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މިހާތަނަށް 624 ހޮޓަލަކާއި ގެސްޓްހައުސް އެއް އަދި 145 ސަފާރީއެއްގައި 2858 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.