Last Updated: January 19, 13:02
Wednesday, January 19, 2022
ޚަބަރު

އައްޑޫގެ ކޮވިޑް ކޭސްތައް 200 އިން މައްޗަށް

އައްޑޫ ސިޓީގެ ކޮވިޑް-19 ގެ އެކްޓިވް ކޭސްތައް 213 އަށް އަރައިފި އެވެ.

އައްޑޫގެ ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދު 200 އިން މައްޗަށް އަރާފައިވަނީ އިއްޔެ ފެނުނު 68 ޕޮޒިޓިވް ކޭސް އާއެކު އެވެ.

އައްޑު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 68 ކޭސްގެ ތެރެއިން 24 ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށެވެ. އަދި މީދޫން 23 ކޭސް ފެނިފައިވާއިރު، ހުޅުދޫން 12 ކޭސް، ފޭދޫން ފަސް ކޭސް އަދި މަރަދޫފޭދޫން ތިން ކޭސް ފެނިފައިވެ އެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގަ އެވެ. އެގޮތުން ހިތަދޫގައި 101 ކޭސް އުޅޭއިރު، މީދޫގައި 47 ކޭސް، ހުޅުދޫގައި 28 ކޭސް، ފޭދޫގައި 16 ކޭސް، މަރަދޫގައި ހަ ކޭސް އަދި މަރަދޫފޭދޫގައި 9 ކޭސް އުޅޭ ކަމަށް އެ ސެންޓަރުން ބުނެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. މި ބަލީގައި 13 މީހަކު ވަނީ އައްޑޫ އިން ނިޔާވެފަ އެވެ.