Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ރައީސް ނަޝީދު، ރާޖަޕަކްސައާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުން ކުރިއަށް ގެންގޮސްފައިވަނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގަ އެވެ. ނަމަވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ

ނަޝީދު ލަންކާ އަށް ވަޑައިގެންނެވީ ފަސްވަނަ ސްރީލަންކާ ޔޫތު ޕާލަމެންޓުގެ ދެވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންނެވުމަށެވެ.

މި ސެޝަނަކީ ލަންކާގެ ޒުވާނުންގެ ލީޑަޝިޕްގެ ހުނަރުތައް އަށަގެންނެވުމަށާއި، އެ ހުނަރުތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ނޭޝަނަލް ޔޫތް ސާވިސަސް ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ސެޝަނެކެވެ.

މި ދަތުރުފުޅުގައި ލަންކާގެ އިސްވެރިން އަދި އެގައުމުގެ އޮފިޝަލުންނާއި ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކާ ނަޝީދު ބައްދަލުކުރައްވާނެ އެވެ.