Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

ކޮވިޑު ފެތުރޭތީ އުތީމު ގަނޑުވަރު ބަންދުކޮށްފި

ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާތީ ހއ. އުތީމު ގަނޑުވަރުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ޘަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު ބުނީ ޤައުމީ ދާރުލްއާސާރުގެ ޚިދުމަތް މާދަމާ އިން ފެށިގެން މެދުކަނޑާލަން ނިންމީ ރައްކާތެރިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މާދަމާ އިން ފެށިގެން އުތީމު ގަނޑުވަރުގެ ހިދުމަތް މެދުކަނޑާލަން ނިންމިއިރު ދެން ހިދުމަތް ދޭން ފަށާނެ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ. މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެމަރުކަޒުން ވަނީ މަޢާފަށް އެދިފަ އެވެ.

ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން އަންނައިރު އިއްޔެ އެކަނި ވެސް ވަނީ 1594 މީހަކު ޕޮޒިޓިވް ވެފަ އެވެ. އެއާއެކު އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 8،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.