Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

މާފުށި ޖަލުން ކޮވިޑް ޖެހުނު މީހުންގެ އަދަދު 80 އިން މައްޗަށް

މާފުށި ޖަލް - ފޮޓޯ: ގޫގުލް

މާފުށީ ޖަލުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 81 އަށް އަރައިފި އެވެ.

ކަރެކްޝަނުން ބުނީ މާފުށި ޖަލުން މިހާތަނަށް 76 ގައިދީއަކު ޕޮޒިޓިވްވެފައިވާ ކަމަށާއި މި ކޭސްތަކާ ގުޅިގެން 401 ގައިދީއަކު ކަރަންޓީނުކޮށްފައިވާ ކަމަށެވެ. ގައިދީންގެ އިތުރުން ފަސް އޮފިސަރަކު ވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

މާފުށި ޖަލުން ކޮވިޑް ކޭސްތަކެއް ފެނި އެ ޖަލު ކުއްލި ހާލަތަށް ގެނެސްފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދުކޮށްފައިވާ މީހުންނަށް އާއިލީ ބައްދަލުވުންތަކާއި ވަކީލު ބައްދަލުވުންތަކުގެ އިތުރުން ކޯޓު އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އޮންލައިންކޮށެވެެ.