Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ނުރައްކާތެރި އެކްސިޑެއްޓެއްގައި ޒުވާނަކު މަރުވެއްޖެ

ސިނަމާލެ ބްރިޖު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ބުރިޖު މަތީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި މަރުވެފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީީ ހުޅުމާލެ އިން މާލެ އަށް ބާރު ސްޕީޑުގައި އެ ޒުވާނާ ދުއްވާފައިދިޔަ ސައިކަލު އޮފް ބެލެންސްވެ ވެއްޓިގެންނެވެ. މި އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 19:57 ހާއިރު އެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.