Last Updated: April 23, 11:10
Tuesday, April 23, 2024
ޚަބަރު

ކޮވިޑްގައި މިއަދު ހަތަރުވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑުގައި މަރުވި މީހަކަށް ކަށު ނަމާދު ކުރަނީ، ފޮޓޯ: ސޯޝަލް މީޑިއާ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު ނިޔާވެއްޖެ އެވެ.

ކޮވިޑްގައި އެންމެފަހުން ނިޔާވެފައިވަނީ އުމުރުން 84 އަހަރުގެ މީހަކެވެ. އެއީ ލ. ކޮވިޑް ފެސިލިޓީގައި އޮތް މީހެކެވެ.

ކޮވިޑް ޖެހިގެން މިއަދު ފުރަތަމަ މަރުވެފައި ވަނީ ވެސް ލ. ކޮވިޑް ފެސިލިޓީގައި އޮތް މީހެކެވެ. އެއީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ފަހުން ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން އުމުރުން 63 އަހަރުގެ އަންހެނަކާއި އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ ނިޔާވެފަ އެވެ. އެއީ އައްޑޫ ސިޓީ ކޮވިޑް ފެސިލިޓީގައި އޮތް މީހެކެވެ.

މިއަދުގެ މަރުތަކާއެކު ރާއްޖޭގެ ކޮވިޑް މަރުގެ ނަންބަރު 269 އަށް ވަނީ އަރާފަ އެވެ.