Last Updated: April 25, 09:17
Thursday, April 25, 2024
ޚަބަރު

ދިވެހި ނޫސްވެރިން ބަންގްލަދޭޝަށް ފޮނުވައިގެން ތަމްރީން ކުރަނީ

ދިވެހި ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރެއާ ނަޒާމުލް ހަސަން ވިދާޅުވެއްޖެ އެވެ.

ސަފީރު އެހެން ވިދާޅުވީ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުންނާ މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެ ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ މެމްބަރުން ވަނީ ބަންގްލަދޭޝަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، ބަންގްލަދޭޝްގެ ކޮލެޖާއި ޔުނިވާސިޓީތަކުން ނޫސްވެރިކަމުގެ ބެޗްލާސް ޑިގްރީ ޕްރޮގްރާމް އަދި މާސްޓާސް ޕްރޮގްރާމުގެ ސްކޮލާޝިޕް ފުރުސަތުތަކެއް ވަކި ކޯޓާއެއްގެ ދަށުން ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

މި ބައްދަލުވުމުގައި ބަންގްލަދޭޝްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މީޑިއާ ކައުންސިލާއި ބަަންގްލަދޭޝްގެ ޕްރެސް ކައުންސިލާއި ގުޅުން ބަދަހިކޮށްދީ، މި ދާއިރާ އަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ލިބޭ މަގު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.