Last Updated: April 20, 16:27
Saturday, April 20, 2024
ޚަބަރު

ކޮވިޑުން ރަނގަޅުވި މީހުންގެ އަދަދު އެއް ލައްކައިން މައްޗަށް

ދަރުމަވަންތަ ހޮސްޕިޓަލް - ފޮޓޯ: އަވަސް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެއް ލައްކަ އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެއާއެކު މި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 100،113 އަށް އަރާފައެވެ.

މި ބަލިން ރަނގަޅު ނުވެ 10،537 މީހުން ތިބިއިރު، އޭގެތެރެއިން 43 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. ކޮވިޑްގައި މިހާތަނަށް ރާއްޖެއިން ވަނީ 269 މީހަކު މަރުވެފައެވެ.

ކޮވިޑަށް މިއަދު 2199 މީހުން ޕޮޒިޓިވް ވެފައިވާއިރު، މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 110،931 އަށް އަރާފައެވެ.