Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ވާދޫ އާއި މިލަންދޫއަށް އަރާ ފޭބުން މަނާކޮށްފި

އެޗްޕީއޭ އިން ބުނީ ގދ. ވާދޫ އާއި ށ. މިލަންދޫ މޮނިޓަރިން ހާލަތަށް ގެނެސްފި އެވެ.

އެޗްޕީއޭ އިން ބުނީ މޮނިޓަރިންގައިވާ ރަށްތަކުގެ އަދަދު 29 އަށް އަރާފައިވާ ކަމަށެވެ. އެގޮތުން ގދ. ވާދޫ އާއި ށ. މިލަންދޫ އަށް އަރާ ފޭބުން މަނާކުރީ ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދު ފިޔަވައި އެކްޓިވް ކޭސް އެންމެ ގިނައީ ކ. ގުރައިދޫ، ހދ. ކުޅުދުއްފުށި، ސ. ހުޅުމީދޫ، ސ. ފޭދޫ، ސ. ހިތަދޫ އަދި ޏ. ފުވައްމުލަކުގަ އެވެ.

ރާއްޖެ އިން ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑްގެ ކޭސްތަކުގެ އަދަދު 2،000 އިން މައްޗަށް އަރާފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 15،000 އިން މައްޗަށް އަރާފަ އެވެ.