Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

އައްޑޫން އިއްޔެ އެކަނިވެސް 125 މީހަކު ކޮވިޑަށް ޕޮޒިޓިވް

ސ. ހިތަދޫ.

އައްޑޫ ސިޓީން އިއްޔެ އެކަނިވެސް 125 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު ކޭސްތަކުގެ ތެރެއިން 67 ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށެވެ. އަދި މީދޫން 11 ކޭސް ފެނިފައިވާއިރު، ހުޅުދޫން ހަ ކޭސް، ފޭދޫން 23 ކޭސް މަރަދޫފޭދޫން ފަސް ކޭސް އަދި މަރަދޫ އިން 12 ކޭސް ފެނިފައިވެ އެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގަ އެވެ. އެގޮތުން ހިތަދޫގައި 343 ކޭސް އުޅޭއިރު، މީދޫގައި 144 ކޭސް، ހުޅުދޫގައި 67 ކޭސް، ފޭދޫގައި 160 ކޭސް، މަރަދޫގައި 28 ކޭސް އަދި މަރަދޫފޭދޫގައި 28 ކޭސް އުޅޭ ކަމަށް އެ ސެންޓަރުން ބުނެ އެވެ. އެއާއެކު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 807 އަށް އަރާފަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. މި ބަލީގައި 15 މީހަކު ވަނީ އައްޑޫ އިން ނިޔާވެފަ އެވެ.