Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އިތުރު 2،813 މީހުން ކޮވިޑަށް ޕޮޒިޓިވް

ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ހަދާފައިވާ ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ މީހުންތަކެއް. ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖެއިން އިތުރު 2609 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 1273 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 974 ކޭސް އަދި ރިސޯޓުތަކުން 114 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 125،590 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 16،673 ކޭސް އެވެ. މި ބަލިން 108،632 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 57 މީހަކަށެވެ. މި ބަލީގައި 272 މީހަކު ވަނީ ނިޔާވެފައެވެ.